ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އަންނަން ޖެހިއްޖެ

ކުޅުނު ތިން މެޗުން ވެސް ބަލިވެ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އަންނަން ޖެހިއްޖެ އެވެ.

މުބާރާތުން ކަޓާފައި އޮއްވައި ރާއްޖެ ކުޅުނު ފަހު މެޗުގައި މިރޭ ބަލިވީ ބޫޓާން އަތުން 1-0އިންނެވެ. ބޫޓާނުން ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބޫޓާން އަތުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމެއް މި މުބާރާތުގައި ބަލިވި ފުރަތަމަ ފަހަރެވެ.
މި މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރަން ރާއްޖެ އަށް ޕެނަލްޓީ އެއްވެސް ލިބުނެވެ. އެކަމަކު ކެޕްޓަން އިލާން ޖެހި ޕެނަލްޓީ ބޫޓާންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މި ނޫނަސް މި މެޗުގައި ރާއްޖެއިން ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ހާއްސަކޮށް ކުރީ ދެ މެޗާ އަޅާ ބަލާއިރު މި މެޗުގައި ރާއްޖެއިން ރަނގަޅު އެޓޭކްތަކެއްކުރި އެވެ. ރާއްޖޭގެ ހަމަލާތަކުގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރެވެ.

ކޯޗު ސޮބާހް މުހައްމަދު މި މެޗު ފެށުމުގެ ކުރިން ބުނީ މިއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި އެނބުރި ގައުމަށް ދިއުމުގެ ކުރިން މަސައްކަތް ކުރާނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށެވެ. ބޫޓާންގެ ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ހަލުވި ކަމަށާއި މިހެންވެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ބައްދަލު ކުރީ އިންޑިޔާއާ އެވެ. އެ މެޗުން ބަލިވީ 6-0އިންނެވެ. ދެ ވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 5-2އިންނެވެ.

މިހެންވެ މުބާރާތުގައި ރާއްޖެ ހިމެނުނު ބީ ގްރޫޕުން ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ގްރޫޕުގެ އެއްވަނަ ހޯދީ ޕާކިސްތާން 3-2އިން ބަލިކޮށް އިންޑިޔާ އެވެ. ދެ ވަނަ ޕާކިސްތާނަށް ލިބުނީ ހަ ޕޮއިންޓާއެކުގަ އެވެ. ތިން ވަނަ ލިބުނީ ތިން ޕޮއިންޓާއެކު ބޫޓާނަށެވެ. ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ލަންކާގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕާކިސްތާން ވާދަ ކުރާނީ ބަންގަލްދޭޝްއާ އެވެ. އިންޑިޔާއާ ވާދަ ކުރާނީ ނޭޕާލާ އެވެ. ގްރޫޕް އޭއިން މުބާރާތުން ކެޓީ ކުޅުނު ދެ މެޗުން ބަލިވި ލަންކާ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

Gaumee team

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުގެ ބަޖެޓުން އިންޝުއަރެންސް ހަމަޖައްސަނީ

TTH_advertisement