ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓަން ހެދި ފެސިލިޓީ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހުސް ކޮންޓެއިނަރު ބަހައްޓަން ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރު ޑީޕޯ” ޕޯޓްގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

ތިލަފުށީ ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގާއިމްކުރި ފެސިިލިޓީއެކެވެ.

އެމްޕީއެލްއިން ވިދާޅުވީ ޖުމްލަ 2400 ޓީއީޔޫގެ އެ ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމަށެވެ.

އެ ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީއީޔޫސް ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރު ޑީޕޯ”ގައި 60 މީޓަރު ކި ވޯލެއް ތަރައްގީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އެމްޓީސީއާ ހަވާލުކޮށްގެންނެވެ.

އަދި އެ މަސައްކަތަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމްއެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ

IMG

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ