ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

އެމްއެމްއޭގެ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު

ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު – އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މި ސެމްޓެމްބަރު 30ގެ ނިޔަލަށް.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހެވެ. މި މުބާރާތުގައި 10،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު އެބައޮތެވެ. 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ ކުއިޒް މުބާރާތެކެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 6 އޮންލައިން ބުރު ހިމެނޭނެއެވެ. މި ބުރުތަކުގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑަރބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެއެވެ. އެންމެ މަތިން ޕޮއިންޓް ލިބޭ 5 ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ޙާޟިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ. މި ބުރުގައި ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ޙައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް، އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށެވެ.

މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެއެވެ. ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް އައްޔަންކުރަންވާނެއެވެ. ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ އެމްއެމްއޭ އިންނެވެ.

މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެވަނައަށް އަންނަ ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ޓީމަށް 5،000 ރުފިޔާ ލިބޭނެއެވެ.

އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް: https://shorturl.at/awZ9B

އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވާ ޓީމުތަކަށް [email protected] މެދުވެރިކޮށް އެމްއެމްއޭއާ ގުޅުއްވުމަށް އެމްއެމްއޭއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިދުރީސް
ކުޑަމަސައްކަތަކުން ރަގަޅު ފައިސާގެ އިނާމެއް، ހުރިކާ ކުދިން މިކަމާއި އުޅެންވީ
ފ ފާއިޒް
ވަރަށް ރަގަޅު ފުރުސަތެއް

ގުޅުންހުރި

mma

އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް ލަފާކޮށްފި

hulhumale

ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފި

MMA

ދައުލަތުގެ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެވެޖެ

Dd

އެމްއެމްއޭގެ ރިސާޗް ގްރާންޓަށް ފުރުސަތު ހުޅުވާލައިފި

TTH_advertisement