ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ސަރުކާރުގެ ސިޔާސަތުތަކުން މާދަމާ ކުރާނީ ފައިދާ: ނާޒިމް

ސަރުކާރުގެ ސިޔާސަތުތަކަށް ބައެއް ފަރާތްތަކުން މިއަދު ފާޑުވިދާޅުވިނަމަވެސް، އެ ސިޔާސަތުތަކުގެ ސަބަބުން މުސްތަޤްބަލުގައި ޤައުމަށް ފައިދާކުރާނެކަން ސާބިތުވެގެންދާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ މ. ދިއްގަރުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ހަރުދަނާ ސިޔާސަތުތަކާއެކު ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ފަށައި، އައު މަޝްރޫޢުތައް ފެށުމަށް ސަރުކާރުން މަގުފަހިކުރަމުންދާ ކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޮތް މާލީ ދަތި ހާލަތު ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ ކަންކަމުން އަރައިގަނެ މަޝްރޫޢުތައް ފެށިގެން ދިއުމުން ސާބިތުވަނީ މިއީ ނަތީޖާ ހާސިލުކޮށްދޭނެ ސަރުކާރެއްކަންކަމަށެވެ.

ނާޒިމް ވިދާޅުވީ މީގެ ކުރިން ހައްލުނުވެ އޮތް އިޖުތިމާޢީ އެތައް މައްސަަލައެއް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބީދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ނާޒިމް ފާހަގަކުރެއްވިއެވެ.

“ގޯހަކުން ކަމެއް އޮތިއްޔާ އެކަންކަން ހައްލުކުރުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާ ތަން މި ފެންނަނީ. ޑްރަގްގެ އެންމެ ބޮޑުންނަށް ޙައްޤު އަދަބު ލިބެމުންދާތަން އެބަ ފެނޭ. އިޖުތިމާޢީ ގޮތުން ހުރި މައްސަލަތަކަށް ހައްލު ލިބެމުންދާތަން މި ފެންނަނީ” ނާޒިމް

ނާޒިމް ވިދާޅުވީ އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުންވެސް ނިންމަވަމުން ގެންދަވަނީ އުނދަގޫ ނިންމެވުންތަކެއް ކަމަށެވެ. މިގޮތަށް ކަންކަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި ނަމަވެސް މިއިން ކޮންމެ ކަމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ އިތުރުން އޭގެ ފައިދާ ފަހުން ޤައުމަށްކުރާނެ ނިންމެވުންތަކެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

“ޑޮލަރާއި މަސްތުވާތަކެއްޗާ ގުޅޭގޮތުންނާއި މިފަހު މީޑިއާ ބެހޭގޮތުން ނިންމި ނިންމުންތައް ފާހަގަކޮށްލަންޖެހޭ. އެއީ މުޖުތަމަޢެއް މުޖުތަމަޢެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ނިންމަންޖެހުނު ނިންމުންތަކެއް. ކުރިއަށް އޮތްތަނުގައި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްގެ ގޮތުގައި ފެނިގެންދާނެ” ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައި މަޖިލީހުން ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ދައުރު ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތްދެވޭނެ ގޮތަށް، ޚަރަދު ކުޑަގޮތަކަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށްވެސް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްގަރު މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، މާކެޓުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލަށް އިމާރާތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

Dhig

ދިއްގަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement