ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

މ.ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ.ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވާފައެވެ.

ދިއްގަރަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެއަށްފަހު އެސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައް އަހަރެއްގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ވަނީ ނިންމާލާފައެވެ. މިމަޝްރޫޢުގެ ދަށުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްވަނީ ޖަހާފައެވެ. އަދި 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްވަނީ ލާފައެވެ. މީގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއްވެސްވަނީ ޖަހާފައެވެ. މިއީ 17.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްގަރު މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، މާކެޓުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުގެ ސިޔާސަތުތަކުން މާދަމާ ކުރާނީ ފައިދާ: ނާޒިމް

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލަށް އިމާރާތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

Dhig

ދިއްގަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement