ތ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސްޕީޑް ފެރީތައް އެ އަތޮޅަށް ފޮނުވައިފިއެވެ.

ތ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު އެ މަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މިހާތަނަށް 11 އަތޮޅެއްގައި ވަނީ އެ ޚިދުމަތް ފަށާފައެވެ.

އެމްޓީސީސީން އަންނަނީ މި މަހު ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވަމުންނެވެ.

އެގޮތުން ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މިހާރު އެމްޓީސީސީން އެ އަތޮޅަށް ވަނީ ފެރީ ފޮނުވާފައެވެ.

އިތުރު އަތޮޅުތަކުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް 56 އުޅަނދު ބޭނުންވާތީ، އެ އުޅަނދުތައް ބަނުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މީގެ ކުރީން ވަނީ ބުނެފައެޗެ.