ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ވަޒީރު އާދަމް ނަސީރު ޝަރުޖާއަށް ފުރާވަޑައިގެންފި

Mal

މި މަހު 22 އިން 26 އަށް އެކުވެރި އަރަބި އިމާރާތުގެ ޝާރުޖާގައި ބާއްވާ ‘ޝާރުޖާ ނެރޭޓާރސް ފޯރަމް’ގެ 25 ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ޝާރުޖާއަށް ފުރާވަޑައިގެންފިއެވެ.

ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވަޒީރާއި ވަފުދުގެ ބޭފުޅުންގެ ދަތުރުފުޅާ ގުޅޭ ހުރިހާ ޚަރަދެއް ޝާރުޖާގެ ފަރާތުން ހަމަޖައްސާ ގޮތަށް ލިބިފައިވާ މި ދަޢުވަތަކީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ދެއްވާފައިވާ ދަޢުވަތެކެވެ.

“ދަތުރުވެރީންގެ ވާހަކަ” މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނެއެވެ. މިގޮތުން މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ.

އެ ވުޒާރާއިން ބުނީ މި ދަތުރުފުޅުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ “ޤައުމީ ޚަޒާނާ”އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތެއް، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅަދޭނެ ފަރާތްތަކެއް ވެސް ބައިވެރިވަޑައިގެންނެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމީ ކުތުުބުޚާނާތައް ބިނާކުރުމަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލައިދޭނެކަމެއް: އާދަމް ނަސީރު

Nne

ވަޒީރު އާދަމް ނަސީރު ނޮޅިވަރަމް ކައުންސިލާ ބައްދަލުކުރައްވައިފި

މާދަރީ ބަހަކީ އެބައެއްގެ ދެމިތިބުމާ ގުޅިފައި އޮތް އެއްޗެއް: މިނިސްޓަރ އާދަމް ނަސީރު

TTH_advertisement