ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދުގެ މިހާތަނަށް ޣައްޒާއިން 71 މީހުން ޝަހީދުކޮށްލައިފި، މަގުމަތިން ފެންނަ އާންމުންގެ ބޮލަށްވެސް ބޮންއަޅަނީ

އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ ގާޒާ ސިޓީއަށް ހަދާލާފައިވާގޮތް:

މިއަދަށް އިރު އެރިފަހުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 71 އަށް އަރައިފިއެވެ.

މީގެ ތެރެއިން 56 މީހުންނަކީ، ގާޒާ ސިޓީއަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ޝަހީދުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ ކުޑަކުދިންނާއި، އަންހެނުން ކަމަށްވެސް ބުނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ގާޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން، ގާޒާ ސިޓީގައި އާންމުން ދިރިއުޅޭ ބްލޮކަކަށްފަހު ބްލޮކެއް ގޮއްވައި ބިމާހަމަކުރަމުން އެބަ ގެންދެއެވެ.

ވައިގެ މަގުން ބޮން އަޅާއިރު، ގޮވާތަކެތި ހަރުކޮށްފައިވާ ރޮބޮޓްތައް ފޮނުވައި ގޮއްވާލައިގެންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

މީގެއިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް، ގިނައިން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވައްޓާލައި ގޮއްވާލައިގެންވެސް އެތައް ހަމަލާއެއް ދެމުން އެބަ ގެންދެއެވެ.

އާންމުން ދިރިއުޅުމަށް ޖަހާފައިވާ ހުރިހާ ޓެންޓުތަކަށްވެސް ބޮންއަޅައި އަންދަމުން ގެންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަތީޖާއެއްގެ ގޮތުން ގާޒާ ސިޓީގައި މިހާރު ތިބި އާންމުންނަށް މަޖުބޫރުކޮށްގެން ގެދޮރުން ނެރެ މަގުމަތިކޮށް ޣައްޒާގެ ދެކުނަށް ފައްސަމުން އެބަ ގެންދެއެވެ.

މަގުމަތިވަމުންދާ އާންމުން ބޭނުންކުރާނެ ޓެންޓެއްހާ މިންވަރުވެސް ނެތްއިރު، ކުޑަކުދިންނާއެކު އާއިލާތައް މަގުމަތީގައި ތާށިވެފައި ވެއެވެ.

ގެދޮރު ދޫކޮށް މަގުމައްޗަށް ނުކުންނަ އާންމުންގެ ބޮލަށްވެސް ޓެރަރިސްޓުން ގެންދަނީ ބޮންއަޅައި އެތައްބަޔަކު ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ