ބިލެތްދޫ ޕޮލިސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ބިލެތްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ޕޮލިސް މީޑިޔާއިން މިއަދު “ވަން”އަށް މައުލޫމާތުދެމުން ބުނީ މީގެކުރިން ބިލެތްދޫގައި ޕޮލިސް ސްޓޭޝަން ހިންގާފައިވަނީ އެ ރަށު ކައުންސިލުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށެވެ.
ބިލެތްދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ބިލެތްދޫ ކައުންސިލުގެ ރައީސް، މެންބަރު އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ހިޔާލު