ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

6 ބިލިއަން އެމެރިކާގެ ޑޮލަރުގެ އަގުހުރި ހަތިޔާރު އިސްރާއީލަށް ވިއްކަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ފަށައިފި

އެމެރިކާއިން ކުރިން ފޮނުވި އަސްކަރީ ޓޭންކްތަކެއް އިސްރާއީލުގެ އެއަރޕޯޓަކަށް ބާލަނީ:

6 ބިލިއަން އެމެރިކާގެ ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ވިއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާރނަލްއިން ރިޕޯޓް ކޮށްފިއެވެ.

އެގޮތުން، އެ ހަތިޔާރު އިސްރާއީލަށް ވިއްކަން ކޮންގްރެސްގެ ރުހުން ހޯދަން މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމެރިކާއިން އިސްރާއީލަށް ވިއްކުމަށް މަސައްކަތް ކުރާ ހަތިޔާރުގެ ތެރޭގައި ހަމަލާދޭ ބާވަތުގެ އެޕާޗޭ 30 ހެލިކޮޕްޓަރާއި، ހަމަލާދޭ ބާވަތުގެ 3،250 އިންފެންޓްރީ ވެހިކަލްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުންވެސް، އަސްކަރީ ބޭނުމަށް ބޭނުންކުރާ އެކި އުޅަނދުތަކަށް 750 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ ސަޕޯޓް ޕާރޓްސްއާއި، ޕަވަރ ސަޕްލައިވެސް، ވިއްކަންއުޅޭ ތަކެތީގެ ތެރޭގައި ހިމެނޭ ކަމަށް ރޮއިޓަރސްއިން ބުނެފައި ވެއެވެ.

މިކަމުގެ ޚަބަރުތައް އިސްރާއީލުގެ ނޫސްތަކުންވެސް އާންމުކޮށްފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނުހުއްޓި ކުރިއަށްދާ މައިގަނޑު ސަބަބަކީ، އެމެރިކާއިން އިސްރާއީލަށް ކެނޑިނޭޅި ހަތިޔާރު ފޯރުކޮށްދެމުން ގެންދިއުމެވެ.

ނުވިތާކަށް، ހަނގުރާމަ ހުއްޓުވަން އެމެރިކާއިން އެއްވެސް މަސައްކަތެއްވެސް ނުކުރެއެވެ.

އެމެރިކާއިން ކުރާ ކަމަކީ، އިސްރާއީލަށް ހަތިޔާރުދީ، ހިތްވަރުދީ، ސިފައިން ފޮނުވައި އެހީތެރިކަން ފޯރުކޮށްދީ، ޖަރީމާތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

އިސްރާއީލަށް ޕްރެޝަރކޮށް، ޣައްޒާ ހަނގުރާމަ ހުއްޓުވަން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި 6 ގަރާރު އެމެރިކާއިން ވީޓޯކޮށްފައި ވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ އުދުވާނުތަކެއް ކަމަށް، އދގެ ޚާއްސަ ކޮމިޝަނުން ހިންގި ތަހްގީގަށްފަހު ރަސްމީކޮށް އިހަށްދުވަހު ހާމަކޮށް، އިސްރާއީލު ހުއްޓުވަން މުޅި ދުނިޔެއަށް ގޮވާލާފައި ވަނިކޮށްވެސް، ހަނގުރާމަ ހުއްޓުވަން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.

ޣައްޒާ މައްސަލާގައި އިސްތިއުމާރީ އިސްރާއީލު މުޅި ދުނިޔޭގައި އެކަހެރިވެ ބާކީވަމުންދާތީ، އެމެރިކާއިން ގެންދަނީ ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން އިސްރާއީލަށް އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި