ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވ.އަތޮޅު ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރެވިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ މަޝްރޫއުގެ ދަށުން، ވ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމައިފިއެވެ.

ރައީސް ޑރ.މުޢިއްޒު ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ރަކީދޫއަށް ވަޑައިގެން އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި އޭޓީއެމް ހުޅުވައިދެއްވައި، އޭޓީއެމްއިން ފައިސާ ނަންގަވާފައިވެއެވެ. ރަކީދޫގައި އޭޓީއެމް ބަހައްޓައި ހިދުމަތް ފެށުމާއެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިހާރު އޭޓީއެމް ހިދުމަތް ލިބޭނެއެވެ.

ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރައީސް އެ އަތޮޅު ފުލިދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ބީއެމްއެލްއިން ގާއިމުކުރި އޭޓީއެމް ހުޅުވައިދެއްވާފައިވެއެވެ. އަދި އެ އަތޮޅު ތިނަދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމް ރޭ އެ ރަށަށް ވަޑައިގެން ރައީސް އިފުތިތާހުކޮށްދެއްވިއެވެ.

ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުން ކުރިން އެތައް ސަތޭކަ ރުފިޔާއެއް ހަރަދުކޮށްފައި މާލީ ހިދުމަތްތައް ހޯދުމަށް ރަށްރަށު ރައްޔިތުން ކުރަމުން އައި ދަތުރުތަކާއި އުފުލަމުން އައި ތަކުލީފުތަކަށް ނިމުން އަންނަމުންދާކަން އެ ރަށްރަށުގެ ރައްޔިތުން އަންނަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.

ރޭ ވ.ތިނަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި ބައްދަލުވުމުގައި އެ ރަށު ކައުންސިލުގެ ރައީސް ޝިފާގު ދެއްކެވި ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވީ އެ ރަށުގައި އޭޓީއެމް ހުޅުވުމާއެކު ފައިސާއެއް ނަގަންޖެހޭ ކޮންމެ ފަހަރަކު 200 ރުފިޔާ ހޭދަކޮށްގެން ކުރަމުން އައި ދަތުރުތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މިއަދު އޭޓީއެމް ރަކީދޫ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓި ހިދުމަތް ފެށުމާއެކު މިހާރު 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމުނީ ކަމަށެވެ.

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްގެ 225 އޭޓީއެމް އަންނަނީ އޮޕަރޭޓުކުރަމުންނެވެ. އަދި 166 ސެލްފް ސާވިސް ބޭންކިން ސެންޓަރުވެސް ބީއެމްއެލްއިން އޮޕަރޭޓުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި