ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ވ. އަތޮޅުގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފަށައިފި

420549 5d8b6363 3
ވ. އަތޮޅުގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފަށައިފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން ވ. ފެލިދޫގައި އިއްޔެ ޕާސްޕޯޓް ހެދުމުގެ ހިދުމަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.

މިއީ ރާއްޖޭގެ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތާއި ގުޅިގެން ކުރިޔަށް ދާ ކަމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮންޓްރޯލާ އަހްމަދު އަޝްފާން ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެގޮތް ހެދުމަށް އިސްކަންދީފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ހިދުމަތް ވ. ފެލިދޫއިން ލިބެން ފެށުމާ ގުޅިގެން އެ ރަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ. މީގެ ކުރިން އެ ސަރަހައްދުގެ ރައްޔިތުން ޕާސްޕޯޓް ހައްދަން އަންނަންޖެހެނީ މާލެއަށެވެ. އެކަމުގެ ސަބަބުން ރައްޔިތުން އެތަކެއް ތަކުލީފްތަކެއް އުފުލަމުން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement