ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާޒާ ސިޓީއާ ދެކޮޅަށް ކުރިން ބޭނުންނުކުރާ ބާރުގެ ބޭނުންހިފަން މިދަނީ ތައްޔާރުވަމުން: އިސްތިއުމާރީ އަސްކަރިއްޔާ

އިސްތިއުމާރީ ސިފައިން ގާޒާ ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅަނީ:

އިސްރާއީލު ސިފައިން ގާޒާ ސިޓީއާ ދެކޮޅަށް ކުރިން ބޭނުންނުކުރާ ބާރުގެ ބޭނުން ކުރާނޭ ކަމަށް، އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާގެ އަރަބި ބަހުގެ ތަރުޖަމާނު ކުރި އިންޒާރުގައި ބުނެފައިވަނީ، ގާޒާ ސިޓީއާ ދެކޮޅަށް ސިފައިން ކުރިން ބޭނުންނުކުރާ ބާރުގެ ބޭނުންކުރަން ފަށާނެ ކަމަށެވެ.

އޭނާވަނީ، ގާޒާ ސިޓީގައި މިވަގުތު ތިބި ހުރިހާ އާންމުން ވަގުތުން ރަށުން ފައިބައިގެން ދިއުމަށް އަމުރު ކޮށްފައެވެ.

ޣައްޒާގެ ދެކުނަށް އާންމުން ދިއުމަށް ކުރިން ހުޅުވާލި ސަލާހުއްދީން މަގު، އިސްތިއުމާރީ ސިފައިން މިހާރުވަނީ ބަންދުކޮށްފައެވެ.

ތަރުޖަމާނު ބުނީ، ޣައްޒާގެ ދެކުނަށް ދެން ދަތުރު ކުރެވޭނެ ހަމައެކަނި މަގަކީ އައްރާޝިދު މަގު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޣައްޒާގެ ދެކުނަށް ދިއުމަށް ދަތުރު ފަށާފައިވާ އާންމުންގެ ވެހިކަލްތަކާއިގެން އައްރާޝިދު މަގު މިހާރު އޮތީ ތޮއްޖެހި، ކުރިއަށްވެސް ނުދެވި ހުއްޓިފައެވެ.

ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއެކު ދަތުރުކުރާ އެތައް އާއިލާއެއް ރޭ ކަނު އަނދިރީގައިވެސް ހޭދަކޮށްފައިވަނީ މަގުމަތީގައެވެ.

ގާޒާ ސިޓީގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދެމުންދާއިރު، އެއްގަމުމަގުން އަރައިގެންފައިވާ އިސްތިއުމާރީ ސިފައިން މިހާރު މިސްރާބު ޖަހާފައިވަނީ ގާޒާ ސިޓީގެ އެންމެ މެދުތެރެއަށެވެ.

އެދެމެދުގައި ތިބި އާންމުންނަށް މަޖުބޫރުވެފައިވަނީ އައްސޭރިފަށާ ގާތަށް ދިއުމަށެވެ. މިއީ، ގާޒާ ސިޓީން އާންމުން ބޭރުކޮށްލަން ހިންގާ ޖަރީމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ