ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި އިސްތިއުމާރީ ސިފައިންގެ 4 މީހުން މަރާލައިފި، އިތުރު 8 މީހުން ޒަޚަމްވި

މުޖާހިދުންގެ ހަމަލާ އަމާޒުކުރި ވެހިކަލް

ޣައްޒާގެ ދެކުނުގައި މުޖާހިދުން ހަމަލާދީ އިސްތިއުމާރީ ސިފައިންގެ ހަތަރު މީހުން މަރާލައިފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އިސްތިއުމާރީ ސިފައިންގެ ހަތަރު މީހުން މަރުވެފައިވަނީ، ހަމާސްގެ މުޖާހިދުންނާއި، އެމީހުންނާ ދެމެދު ރަފަހްގައި ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ނަމަވެސް، އިސްރާއީލު މީޑިއާއިން ބުނެފައިވަނީ، ހަމަލާދިނީ، މުޖާހިދުން ކުރިން ހަރުކޮށްފައިވާ އައިއީޑީއެއް، ސިފައިން ދަތުރުކުރި ވެހިކަލަކަށް އަމާޒުކޮށް ގޮއްވާލައިގެން ކަމަށެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޕްލެޓޫން ކޮމާންޑަރަކާއި، ދެ އޮފިސަރުންވެސް ހިމެނެއެވެ. އިތުރު 8 ސިފައިން ޒަޚަމްވި ކަމަށް، އިސްރާއީލު މީޑިއާއިންވެސް ބުނެފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން ރަފަހުން އެތައްސަތޭކަ ބަޔަކު ޝަހީދުކޮށް، ރަފަހް ސުންނާފަތިކޮށް އަދި އެއްގަމުމަގުން އަރައިގެން އުޅުނު ނަމަވެސް، ހަމާސްގެ މުޖާހިދުން ގެންދަނީ ފިލާތިބެ ދޭތެރެ ދޭތެރެއިން ދުޝްމަނުންނަށާއި، އެމީހުންގެ ވެހިކަލްތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ