ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފި

Badhuru

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ  ދެ މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.

އެ ތިން މީހުންނަކީ:

1. ސައްބިރް ހޮސައިން (33އ) / ބަންގްލަދޭޝް

2. މުހައްމަދު ބަދަލް (52އ) / ބަންގްލަދޭޝް

3. ރާޖު ދަސް (20އ) / އިންޑިއާ

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދާ ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންބުނެފައި ވެއެވެ.

”އެ ބަލައިފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕާއި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ތިން މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި