ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީޖީން ގުދުސްގައި އެމްބަސީ ހުޅުވި މައްސަލަ ފަލަސްތީނު ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފި

ގުދުސްގައި އެމްބަސީ ހުޅުވުމަށްފަހު، ފީޖީގެ ބޮޑުވަޒީރާއި، ޚާރިޖީ ވަޒީރު، މުޖުރިމު ނަތަންޔާހޫއާއެކު ފޮޓޯއަކަށް ހުއްޓިގެން:

ޕެސިފިކް ގައުމެއް ކަމަށްވާ ފީޖީން ގުދުސްގައި އެމްބަސީ ހުޅުވި މައްސަލަ ފަލަސްތީނު ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ފަލަސްތީނު ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީޖީގެ ނިންމުމަކީ ފަލަސްތީނު ރައްޔިތުންނަށާއި، އެމީހުން އިންސާފު ހޯދުމަށް ކުރާ މަސައްކަތާއި، ޝަރުއީ ހައްގުތަކަށް ދިން ހަމަލާއެއް ކަމަށެވެ.

އަދި ފީޖީގެ ނިންމުން އަނބުރާ ނެގުމަށް، ފަލަސްތީނު ޚާރިޖިއްޔާއިން ފީޖީއަށް ގޮވާލާފައި ވެއެވެ.

ފީޖީން ގުދުސްގައި ގާއިމްކުރި އެމްބަސީ، ފީޖީގެ ބޮޑުވަޒީރާއި، މުޖުރިމު ނަތަންޔާހޫއާ ދެމީހުން އިއްޔެވަނީ ރަސްމީކޮށް ހުޅުވާފައެވެ.

1967 ގައި އަރަބި ބައެއް ގައުމުތަކާއި، އިސްރާއީލާ ދެމެދު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ އިރުމަތީ ގުދުސް ހިފާފައެވެ.

އިރުމަތީ ގުދުސް ހިމެނޭގޮތުން މުޅި ގުދުސްއަކީ އެމީހުންގެ މިލްކެއް ކަމަށް އިސްރާއީލުން ކަނޑައަޅައި އަދި އިސްރާއީލުގެ ވެރިރަށުގެގޮތުގައި ހެދި ނަމަވެސް، ބައިނަލްއަގްވާމީ ދުނިޔެ އެކަން ބަލައެއް ނުގަނެއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން ބަލައިގަތީ ހުރިހާ ކަމެއްގައި އިސްރާއީލަށް ތާއީދުދޭ މަދު ގައުމަކުންނެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

ގުދުސްއަކީ ވެރިރަށް ކަމަށް އިސްރާއީލުން ކަނޑައެޅި ނަމަވެސް، އިސްރާއީލާ ސިޔާސީ ގުޅުން އޮންނަ ގިނަ ގައުމުތަކުގެ އެމްބަސީތައް އަދިވެސް ހުންނަނީ ތެލް އަވީވްގައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދާއިރު، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް ކަނޑައަޅާފައިވަނީ އިރުމަތީ ގުދުސްއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދާއިރު، 1967 ގެ ހަނގުރާމައިގެ ކުރިން އިސްރާއީލުގެ ބޯޑަރު އޮތް ހިސާބަށް ފަހަތަށް ޖެހެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ