ކުއްލި ޚަބަރު

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ރޯވީ ނަސެންދުރާ ކައިރީގައި ހުރި ކުނިތަކެއްގައި: އެމްއެންޑީއެފް

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ތިޖާރާ ރަށު ފަތުރު: ފެސިލިޓީއަށް ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ރަށު ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން އިސްލާމީ ޝަރީޢާ ހުއްދަކުރާ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން މިއަދު މީސްމީއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ ޕޯޓަލް ލިންކް މެދުވެރިކޮށް މިހާރު ފެސިލިޓީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެސްޑީއެފްސީން ބުނީ ކޯ-އެޕްލިކެންޓް ގޮތުގައި ހުށަހަޅާ ނަމަ، ބައިވެރިވާ ފަރާތުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ އާމްދަނީ އެފަރާތުގެ ބޭންކް ސްޓޭޓްމަންޓުން ކަށަވަރު ކުރެވެންވާނެ ކަމަށެވެ.

ތިޖާރާ ރަށު ފަތުރު ފައިނޭންސިން އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިސްލާމީ ޝަރިޢާ ހުއްދަކުރާ ފައިނޭންސިން ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮޑަކްޓެކެވެ.

އިސްލާމީ ޝަރީޢާ ހުއްދަކުރާ ޑިމިނިޝިން މުޝާރަކާ އަދި މުރާބަޙާ އުޞޫލުން ފަރުމާކުރެވިފައިވާ މި ފައިނޭންސިންގެ ދަށުން ގެސްޓްހައުސް އިމާރާތްކުރުމާއި، ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކި ވިޔަފާރި ހަރަކާތްތައް ހިންގުމަށް އެދި ހުށަހެޅޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އަލަށް ހުޅުވާލި ފުރުސަތާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ މާލީ އުޞޫލުތަކާ އެއްގޮތްވާ މާލީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރެވޭނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

އެންމެ ގިނަވެގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ހިމެނޭހެން ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ. ފައިނޭންސިން ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކަށް 9.5 އިންސައްތައެވެ.

ގެސްޓްހައުސް އިމާރާތްކުރުމަށް މުޅިން އަލަށްފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދަކީ 200،000 ރުފިޔާއެވެ. އެންމެ ބޮޑު އަދަދަކީ ފަސް މިލިއަން ރުފިޔާއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ދޫކުރެވޭ އެންމެ މަތީ އަދަދަކީ 1،500،000 މިލިއަން ރުފިޔާއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ގެސްޓްހައުސް އިމާރާތްކުރުން ފިޔަވައި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށެވެ. އޭގެތެރޭގައި ޑައިވް ސެންޓަރުތައް ހިންގުމާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތައް ގާއިމުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ރޯވީ ނަސެންދުރާ ކައިރީގައި ހުރި ކުނިތަކެއްގައި: އެމްއެންޑީއެފް

މާލޭ ސިޓީކައުންސިލާ ގުޅިގެން ރެޑްކްރެސެންޓުން ބަލިމީހުން އުފުލަނީ

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_advertisement