ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރި ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކޮށްދޭނެ އެއްބަސްވުމެއް ކަމަށް ދެ ގައުމުގެ ސަރުކާރުގެ މީޑިއާއިން ބުނެއެވެ.

ދެ ގައުމުން އެކުއެކީގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ބަދަހިކޮށް ސަރަހައްދީ އަދި ދުނިޔޭގެ އަމާންކަމަށް މަގުފަހިކުރުމަށް ބާރުއަޅާނެ މަސައްކަތެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއް ގައުމަށް ދެވޭ ހަމަލާއަކީ އަނެއް ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިއީ އެމެރިކާއަށް އެންމެ ބޮޑު އަސްކަރީ މަރުކަޒު ހަދައި ދިން ގަތަރަށް ޔަހޫދީން ދިން ހަމަލައިގައި އެމެރިކާއިން ވާގިވެފައިވާތީ އެމެރިކާއަށް ސައުދީންގެ އިތުބާރު ނެތްކަން ދައްކައިދޭ ފިޔަވަޅެކެވެ.

ސައޫދީ ޕްރެސް އެޖެންސީ (އެސްޕާ) އިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް “ތާރީޚީ ގުޅުމާއި، ދެ ގައުމުގެ އިސްތިރާޖީ މަސްލަހަތުތަކާއި، ދިފާއީ ދާއިރާގައި އޮތް ގާތް ގުޅުމުގެ” މައްޗަށް ބިނާކޮށް ލީޑަރުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

ބުދަ ދުވަހު ރިޔާޟުގައި ބޭއްވި ބައްދަލުވުމުގައި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ “އުޚުއްވަތްތެރި ދެ ގައުމުގެ ދެމެދުގައި އޮތް ސްތްރެޓެޖިކް ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް” މަޝްވަރާތައް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

43

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ