ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

Mal

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ، އެންޓި ސްކޭމް ސެންޓަރުން ހޯދައިފިއެވެ.

ފުލުހުން ބުނީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަ ކަމަށެވެ.

އެފަދަ 491 މައްސަލަ ހުށަހަޅާފައިވާ އިރު، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ އާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލައިގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ އާއި ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަތަކުގައި ޖުމުލަ 11،040،491.28 ރުފިޔާ އަދި 138،060.85 ޔޫއެސް ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ. މީގެ ތެރެއިން 2،515،484.13 ރުފިޔާ އާއި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން އަނބުރާ ހޯދިފައިވާ ކަމަށްވެސް ބުންޏެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން އޭގެ ތެރޭގައި މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށާއި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭއިރު، މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށް، ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވާ އިރު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށް، 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ