ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Badhuru

މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފާރިޝްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދަޢުވާ ސާބިތުވެ، ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވާފައިވެއެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހަދައި، ފައިސާ ނުދައްކައި އޭނާ އިހުމާލުވެފައިވާ ކަމަށެވެ. ސްރީ ލަންކަން އެއާލައިނާއި ގަތަރު އެއާލައިން މެދުވެރިކޮށް ނަގާފައިވާ މި ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހުމުން، އެ މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކުން ކެންސަލޭޝަން ފީ އެއާލައިންތަކަށް ދައްކަން ޖެހުނެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން، އެއާލައިންތަކަށް ދައްކަންޖެހޭ ޓިކެޓުގެ އަގު ވެސް ފާރިޝް ދައްކާފައި ނުވެއެވެ.

މި މުޢާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު (406،321 ރުފިޔާ) ދެ އަހަރުގެ ތެރޭގައި ދެއްކުމަށް ވެސް ފާރިޝްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި