ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ސިސްޓަމް އަޕްގްރޭޑް ކުރުުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާތީ، ޕާސްޕޯޓު ކާޑުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މަޢާފަށް އެދިފައެވެ.

ޕާސްޕޯޓު ކާޑަކީ އިމިގްރޭޝަނުން ތަޢާރަފްކޮށްފައިވާ ތަފާތު ބަޔޯމެޓްރިކް މަލްޓި ޕާޕަސް އިލެކްޓްރޯނިކް ކާޑެކެވެ. ޕާސްޕޯޓް ކާޑަކީ އައިސީއޭއޯގެ ޑޭޓާ ސްޓޭންޑަޑްތަކަށް ތަބާވާ އައިޑެންޓިޓީ ޓްރެވަލް ޑޮކިއުމަންޓެކެވެ. މީގެ އިތުރުން ޕާސްޕޯޓް ކާޑުގައި މާލީ މުއާމަލާތްތަކަށް އީއެމްވީގެ މިންގަނޑުތަކަށް ފެތޭ މާސްޓަކާޑްގެ ހިދުމަތްތައް ވެސް ގާއިމްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ