ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ގްލޯބަލް ސުމުދް ފްލޮޓިލާ” މެޑިޓަރޭނިއަން ކަނޑުން ދަތުރު ފަށައިފި، މިސްރާބް ޣައްޒާއަށް

“ގްލޯބަލް ސުމުދް ފްލޮޓިލާ” ކަނޑުމަތީގެ ގާފިލާގައި ހިމެނޭ ބޯޓެއް:

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ “ގްލޯބަލް ސުމުދް ފްލޮޓިލާ” ކަނޑުމަތީގެ ގާފިލާ މެޑިޓަރޭނިއަން ކަނޑައަށް އަރައި ދަތުރު ފަށައިފިއެވެ.

މިއީ، ޣައްޒާއަށް ދިއުމަށް އެ ގާފިލާ ކުރަމުންދާ ދަތުރުގެ އެންމެ ފަހު ފިޔަވައްސެވެ.

މެޑިޓަރޭނިއާން ކަނޑުން ދަތުރުކޮށްފައި މި ގާފިލާ ސީދާ ދާނީ ޣައްޒާއަށެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި މިވަގުތު 45 ބޯޓު ދަތުރު ކުރަމުންދާއިރު، މެޑިޓަރޭނިއާން ކަނޑުން އިތުރު ބޯޓުތަކާއި، މީހުން ގުޅޭނޭ ކަމަށް އެ ގާފިލާއިން މައުލޫމާތު ދެއެވެ.

މި ގާފިލާގައި މިހާރުވެސް ތިރީސް ހާހަށްވުރެ ގިނަ މީހުން ދަތުރުކުރަމުން ދާއިރު، އެމީހުން 44 ގައުމަކަށް ނިސްބަތްވެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގެ ދަތުރާ މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އެމީހުންގެ އަތުގައި “ހަތިޔާރުގެގޮތުގައި” ހުރީ ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނެވެ.

މިއީ، އިސްތިއުމާރީ އިސްރާއީލުން ޣޣައިރުގާނޫނީ ގޮތުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ފޫއަޅުވާލަން މިހާތަނަށް ހިންގާ ކަނޑުމަތީގެ އެންމެ ބޮޑު މިޝަންއެވެ.

މި ގާފިލާ ހުއްޓުވަން އިސްރާއީލުން މީގެކުރިން މަސައްކަތްކޮށް، ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް ޑްރޯން ހަމަލާއެއްވެސް ދީފައި ވެއެވެ.

ޣައްޒާގެ ހިސާރު ފޫއަޅުލާން މީގެކުރިން ދަތުރުތައް ކޮށްފައިވަނީ އެންމެ ބޯޓެއް ކަމަށް ވާއިރު، މިފަހަރު އެތައް ބޯޓެއްގައި އެތައްހާސް ބަޔަކު އަންނާތީ އިސްރާއީލު އޮތީ ގާފިލާ ހުއްޓުވަން ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ބެލެވޭގޮތުގައި، މެޑިޓަރޭނިއަން ކަނޑުން އިސްރާއީލުން ގާފިލާއަށް ހަމަލާދީ ހުއްޓުވާނެއެވެ.

އެކަމަކު، އެ  ގާފިލާއިން ބުނެފައިވަނީ، މުޅި ދުނިޔޭގެ ތާއީދު އެބައޮތް ކަމަށާއި، އެމީހުންގެ ދަތުރު ނުހުއްޓުވޭނޭ ކަމަށެވެ.

“”ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް ދުނިޔޭގެ ގާނޫނުތަކުން ހިމާޔަތް ލިބިގެންވާ ކަމަށާއި، ހަމަ އެއާއެކު، ދުނިޔޭގެ ތާއީދު އޮތީ އެމީހުންނާ އެއްކޮށް ކަމަށާއި، ޣައްޒާގެ ހިސާރު ފޫއަޅުވާލާފައި ނޫނީ ހުއްޓާނުލާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ