ކުއްލި ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލަން، އދގެ މެމްބަރު ހުރިހާ ގައުމަކަށް ގޮވާލައިފި

ޣައްޒާގައި ހިންގާ އުދުވާނުތައް ތަހްގީގު ކުރުމަށްފަހު، އދގެ ކޮމިޝަނުން މިއަދު ރިޕޯޓް އާންމުކުރަނީ: ކޮމިޝަނުން ކަނޑައަޅާފައިވަނީ ޣައްޒާގެ ނަސްލުނައްތާލަމުންދާ ކަމަށް

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލަން، އދގެ މިނިވަން ތަހްގީގު ކޮމިޝަނުން އދގެ މެމްބަރު ހުރިހާ ގައުމަކަށް ގޮވާލައިފިއެވެ.

އދގެ ތަހްގީގު ކޮމިޝަނުން މިކަމަށް ގޮވާލީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނުތައް ތަހްގީގު ކުރުމަށްފަހު، މިއީ ޣައްޒާގެ ނަސްލުނައްތާލަން ދެމުންގެންދާ ހަމަލާތަކެއް ކަމަށް ރަސްމީގޮތުން ކަނޑައެޅުމަށް ފަހުގައެވެ.

މިގޮތަށް ކަނޑައެޅުމަށްފަހު، މެމްބަރު ގައުމުތަކަށް އެ ކޮމިޝަނުން ހަތަރު ރެކޮމެންޑޭޝަނެއް ހުށަހަޅާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ނަސްލުނައްތާލުން ވަގުތުން ހުއްޓުވައި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހަދައި ތަންފީޒު ކުރުމަށާއި، އެއްވެސް ހުރަހެއްނެތި އދގެ ސްޓާފުންނަށް ޣައްޒާއަށް ވަދެވޭނެގޮތް ހެދުމަށާއި، ޣައްޒާގައި އާންމުވެފަިއވާ ބަނޑުހައިހޫނުކަން ނިންމުމަކަށް ގެނައުމަށާއި، އިންސާނީ އެހީ ބެހުމުގެ ނަމުގައި އުޅޭ ޖީއެޗްއެފް ޣައްޒާއިން ބޭރުކުރުމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ޣައްޒާއަށް އެތެރެކުރެވޭނެ ގޮތް ހެދުމަށެވެ.

ހަމަ އެއާއެކު، ޣައްޒާގައި ހިންގާ ނަސްލުނައްތާލުން ވަގުތުން ނިމުމަކަށް ގެނައުމަށް، ލިބިފައި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފުމަށް މެމްބަރު ގައުމުތަކަށް ކޮމިޝަނުން ގޮވާލާފައި ވެއެވެ.

އަދި މަތިންދާ ބޯޓަށް އަޅާ ތެލާއި، ހަތިޔާރާއި، ހަނގުރާމައިގައި ބޭނުންކުރާ އެނޫންވެސް އާލާތްތައް އިސްރާއީލަށް ފޯރުކޮށްދިނުން ވަގުތުން ހުއްޓާލަންވެސް، ގައުމުތަކަށް ގޮވާލާފައި ވެއެވެ.

އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި،ނަސްލުނައްތާލުމަށް އެހީތެރިވާ އަދި އެކަމަށް ތާއީދުކުރާ ވަކިވަކި ފަރުދުންނާއި، ކުންފުނިތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް، ޣައްޒާއަށްދޭ ހަމަލާތައް ތަހްގީގުކުރި މިނިވަން ކޮމިޝަނުން ގޮވާލާފައި ވެއެވެ.

ޣައްޒާގެ ނަސްލުނައްތާލަން ހުސްނުވާ ވަރަށް ބޮމާއި، މިސައިލާއި، ރޮކެޓާއި، ހަތިޔާރާއި، ޓޭންކާއި، ބުލްޑޯޒަރާއި، އެނޫންވެސް އަލާތްތައް އެންމެ ގިނައިން ފޯރުކޮށްދެމުން ގެންދަނީ އެމެރިކާއާއި، ޖަރުމަނުންނެވެ.

އޭގެ އިތުރުން، ޔޫރަޕްގެ އެތައް ގައުމަކުވެސް ހަތިޔާރު ފޮނުވަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

“ގްލޯބަލް ސުމުދް ފްލޮޓިލާ” މެޑިޓަރޭނިއަން ކަނޑުން ދަތުރު ފަށައިފި، މިސްރާބް ޣައްޒާއަށް

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

TTH_advertisement