ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

B 202509150955241757955324.0509

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި އެ ސަމިޓް ކުރިއަށްދިޔައީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ސަމިޓުގައި ރައީސްވަނީ ތަގުރީރުވެސް ކުރައްވައިފިއެވެ.
ރައީސްގެ ތަގުރީރުގައި، އިޒްރޭލުނއ ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވިއެވެ.

އަދި އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާން ޖެހިގެން ނުވާނޭ ކަމަށް ވިދާޅުވެ، ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް އޮފީހުން ބުނީ އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓްގެ ހަވާސާގައި ރައީސްވަނީ ގަތަރުގެ އަމީރު، ތަމީމް ބިން ހަމަދު އަލްތާނީއާ ބައްދަލުކުރައްވާފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އިޒްރޭލުން ގަތަރަށް ދާދި ފަހުން ދިން އުދުވާނީ ހަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސްވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ގަތަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެ ގައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް