ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެނދުނުން ފެށިގެން މިހާތަނަށް 38 މީހުން ޝަހީދު ކޮށްލައިފި، އެތައްހާސް އަހަރެއްވީ ގާޒާ ސިޓީ މުޅިން ސުންނާފަތި ކުރަނީ

އެތައްހާސް އަހަރެއް ވެފައިވާ ގަދީމީ ގާޒާ ސިޓީއަށް ޓެރަރިސްޓުން ހަދާލާފައިވާ ގޮތް:

އިސްތިއުމާރީ އިސްރާއީލުން މުޅި ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް 38 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީއަށާއި، ޣައްޒާގެ އެހެން ރަށްތަކަށް ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތައް މިހާރުވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި ރޭގަނޑެއް ދުވާލެއް ނުބަލައި ގެންދަނީ ޖެހުނުތާކަށް ބޮން އަޅަމުންނެވެ.

އެތައް ގެއަކާއި، އެތައް އިމާރާތަކަށް ބޮންއަޅައި ބިމާހަމަ ކޮށްލާފައި ވާއިރު، އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭތޯ ޣައްޒާ ސިވިލް ޑިފެންސުން ގެންދަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންނެވެ.

ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް، ރެސްކިއު ޓީމުތަކުން ބުނެއެވެ.

އާއިލާގެ ހުރިހާ މެމްބަރުން ގެތަކުގައި ތިއްބައި، ގެތަކަށް ބޮންއަޅައި، އެތައް އާއިލާއެއް ވުޖޫދުން ފޮހެލާފައި ވެއެވެ.

އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުންދަނީ ގާޒާ ސިޓީއަށެވެ. އިސްތިއުމާރީ ޓެރަރިސްޓުން މަސައްކަތް ކުރަނީ ގާޒާ ސިޓީ ހިފައި އިސްތިއުމާރު ކުރުމަށެވެ.

ރޭގަނޑު ކަނު އަނދިރީގައިވެސް، ގާޒާ ސިޓީން އާންމުން ގަދަކަމުން ގެދޮރުން ނެރެ، ރަށުންވެސް ބޭރުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ގެދޮރު ދޫކޮށްދާ މީހުން ޖަމާވާ އެއް ސަރަހައްދަކީ ޣައްޒާގެ ދެކުނުން އަލް މަވާސީ ކަމަށް ވާއިރު، އެއީ މިހާރުވެސް މީހުންނާއިގެން ތޮއްޖެހިފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކާބޯތަކެއްޗެއް، ބޯފެނެއް ނެތްކަމަށް އދއިން ގެންދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ