ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭ ގައި 60 ގަސް އިންދައިފި

Whatsapp image 2025 09 16 at 10.00.07

ދިވެހިރާއްޖެ އާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީ އާއި އިންޑިޔާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހަވީރު 17:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެެ. އަދި މީގެ އިތުރުން ދިވެހި  ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ބައިވެރިވެލެއްވިއެވެ.

މި ހަރަކާތަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވޭ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.

މީގެ އިތުރުން މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެކެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި ހުޅުމާލެއަކީ ފެހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި