ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އެންމެ ފުރަތަމަ ދިޔައީ ކޭކް ފެޅުމުގެ ހަފުލާއެކެވެ. އެ ހަފުލާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި މެނޭޖްމަންޓްގެ ބޭފުޅުން އަދި މުވައްޒަފުން ބައިވެރިވިއެވެ.

15 ސެޕްޓެމްބަރު 2025، އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން — ފޮޓޯ/ އެމްޕީއެލް
އެމްޕީއެލުން ބުނީ ކޭކް ފެޅުމުގެ ހަފުލާއަށްފަހު، މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް، ހެނދުނު ނާސްތާއެއް ގެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަރަކާތުގައި ޕޯޓުގެ މަސައްކަތްތެރިންނާއި، ލޯރީ ޑްރައިވަރުން އަދި ކްލިއަރިން ގުރޫޕްގެ ވެރިން ބައިވެރިވި ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަސްމީކޮށް ފެށީ 15 ސެޕްޓެމްބަރު 1986 ގައެވެ. އެންމެ ފުރަތަމަ ހިދުމަތް ފެށީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައެވެ. އެމްޕީއޭ ކުންފުންޏަކަށް ބަދަލުކޮށް، އެމްޕީއެލްގެ ނަމުގައި ހިދުމަތް ދޭން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް