ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުއްލި ސަމިޓަށް، އިސްލާމީ ގައުމުތަކުގެ އެންމެ އިސް ވެރިންގެ އަދިވެސް ދޯހާއަށް ވަޑައިގަންނަވަނީ

ކުރިން ބޭއްވި ކުއްލި ސަމިޓެއްގެ ތެރެއިން:

އަރަބި އިސްލާމީ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ކުއްލި ސަމިޓަށް ގައުމުތަކުގެ ވެރިން އަދިވެސް ދޯހާއަށް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.

އިއްޔެވެސް ބައެއް ވެރިން ވަޑައިގެންފައިވާއިރު، މިއަދުވެސް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.

އަރަބި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން އިއްޔެ ބާއްވާފައި ވާއިރު، މިއަދު އޮންނާނީ އެންމެ އިސް ވެރިންގެ ސަމިޓެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭގައި ދޯހާއަށް ވަޑައިގެންފައިވާއިރު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާިއ، ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މުހައްމަދުވެސް ރޭގައިވަނީ ދޯހާއަށް ވަޑައިގެންފައެވެ.

ޖިބޫޓީގެ ރައީސް އިސްމާއިލް އުމަރާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް މިހާރުވަނީ ދޯހާއަށް ވަޑައިގެންފައެވެ.

ސަމިޓްގައި ލީބިޔާ ތަމްސީލު ކުރައްވަން ވަޑައިގެންނެވީ ލީބިޔާ ޕްރެޒިޑެންޝަލް ކައުންސިލްގެ ޗެއަރމަން މުހައްމަދު އަލް މެންފީއެވެ.

މޮރިޓޭނިއާގެ ރައީސް މުހައްމަދު އައުލްދް ޝައިޚް މިދިޔަ ހޮނިހިރު ދުވަހުވަނީ ދޯހާއަށް ވަޑައިގެންފައެވެ.

ޚަބަރުތައް ބުނާގޮތުގައި، ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވެސް އުޅުއްވަނީ ދޯހާއަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.

އަދި އެނޫންވެސް އެތައް ލީޑަރުންނެއް ދޯހާއަށް މިއަދު ވަޑައިގަންނަވާނެއެވެ.

އިސްރާއީލުން ދޯހާއަށް ދިން ޓެރަރިސްޓު ހަމަލާ އަރަބި އިސްލާމީ ހުރިހާ ގައުމަކުން ވަނީ ކުށްވެރި ކޮށްފައެވެ. އަދި ގަތަރާ އެއްބައިވަންތަކަން އޮތްކަން ގެންދަނީ ހާމަކުރަމުންނެވެ.

އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުން އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާނެ ކަމަށް ބެލެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ