ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަންނަން ޖެހޭ: ރައީސް

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މމަދު މުޢިއްޒު ވަނީ ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޚިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަތުމުގެ މުހިންމުކަން އަލިއަޅުވާލައްވާފައެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހާ ގުޅިގެން އިޖްތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރަސީގެ ނިޒާމުގައި ޒުވާނުންނާއި އަންހެނުންގެ ބެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސިޔާސަތު ކަނޑައެޅުމުގައި ކޮންމެ ދިވެހި ރައްޔިތެއްގެވެސް އަޑުއަހައި، އެމީހުންގެ ޚިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަނެވޭކަން ކަށަވަރުކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މި ދުވަސް ފާހަގަކުރާއިރު، ދުނިޔޭގައި އެބައެއްގެ ޙައްޤުވެރި މަޤާމު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއެކު ދެމިތިބިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ޚާއްޞަ އިޝާރާތެއް ކުރައްވާފައިވަނީ އަމިއްލަ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އަމިއްލަ ވެރިކަމެއް ކުރުމުގެ ޙައްޤު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެ ޙައްޤު ކަށަވަރުކޮށްދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ކުރުމުގެ ޙައްޤު ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވުމާއެކު، ޔަހޫދީ ދައުލަތުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މަންޞަތަކުގައި ކުށްވެރިކުރަމުންނެވެ. އަދި ޔަހޫދީ ދައުލަތް ޖަވާބުދާރީކުރުވައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ޤާއިމްކޮށްދިނުމަށް ގޮވާލައި، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން ދަނީ ޢަމަލީގޮތުން ބައިވެރިވަމުންނެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ (އދ.) އާންމު މަޖިލީހުން ނިންމާފައިވަނީ 2007 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަމަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ޤައުމުތަކުގައި ޑިމޮކްރެސީ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުމެވެ.

ޑިމޮކްރެސީގެ އަސާސްތައް ހަރުދަނާކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ކޮންމެ ދައުލަތެއްގެވެސް އަސާސީ ޒިންމާއެކެވެ. މި ގޮތުން، ރައްޔިތުންގެ އަޑުއެހުމާއި، އެމީހުންގެ ޚިޔާލުތަކަށް އިޙްތިރާމްކުރުމާއި، ހަމަހަމަކަމާއެކު ސިޔާސަތުތައް އެކުލަވާލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ މުހިންމު ސިފަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް