ކުއްލި ޚަބަރު

ކުއްލި އަރަބި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދޯހާއަށް ފުރާވަޑައިގެންފި

ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފަށައިފި

ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އުޞޫލާ އެއްގޮތަށް ބޭނުންކުރަމުން ނުދާތީ މީޑިއާ ފެންޑާ އުވާލައިފި

Mal

ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކުރެއްވި މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

ގްރީން ޒޯންގައި ހުންނަ މިތަނުގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419773 df88d20f 9

ކުއްލި އަރަބި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދޯހާއަށް ފުރާވަޑައިގެންފި

Mal

ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފަށައިފި

Mal

ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Mal

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މާފުށީ ޖަލު ފާސްކޮށް 33 ފޯނު ހޯދައިފި

TTH_advertisement