ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދުގެ މިހާތަނަށް 25 މީހުން ޝަހީދު، ރެއަކީ ގާޒާ ސިޓީއަށް ބިރުވެރި ރެއެއް

ގާޒާ ސިޓީގެ ރޭގެ މަންޒަރެއް:

އިސްތިއުމާރި ޓެރަރިސްޓުން މުޅި ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި، މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް 25 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

ގިނަ މީހުން ޝަހީދު ކޮށްލާފައިވަނީ، ގާޒާ ސިޓީއަށް ދެމުންގެންދާ ހަމަލާތަކުގައެވެ. އެންމެ ވަރުގަދަ ހަމަލާތައް ދެމުންގެންދަނީވެސް ގާޒާ ސިޓީއަށެވެ.

މުޅި ގާޒާ ސިޓީއަށް ދެމުންގެންދިޔަ ހަމަލާތައް ވަރުގަދަކަމުން ރޭ ހަތަރުދަމު އެއްވެސް މީހަކަށް ނުނިދާ ކަމަށް، ނޫސްވެރިން ބުނެއެވެ.

ޓެންޓުތަކާއި، ގެތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކަށް ވަރުގަދައަށް ބޮންއަޅާފައި ވެއެވެ. ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު މެދުނުކެނޑޭ ކަމަށް ވެއެވެ.

ގާޒާ ސިޓީގެ ތަލް އަލް ހަވާ އަވަށަށް މިއަދުވެސް ވަރުގަދައަށް ބޮން އަޅަމުން އެބަ ގެންދެއެވެ. އެ އަވަށަށް ދެމުންގެންދާ ހަމަލާތަކުގައި ހަތްމީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް، ހޮސްޕިޓަލްތަކުން ބުނެއެވެ.

ގާޒާ ސިޓީގެ އައްދަދަހްދޫހް ސަރަހައްދަށާއި، އެނޫންވެސް ސަރަހައްދުތަކަށް ޓެރަރިސްޓުން މިހާރުވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ގާޒާ ސިޓީގައި ތިބި އާންމުން ގެދޮރުން ނުކުމެގެން ދިއުމަށް އިންޒާރުކޮށް ބިރުދައްކައި މިއަދުވެސް ލިއުންތައް އަޅާފައި ވެއެވެ.

ރޭގައިވެސް ކަނު އަނދިރީގައި އެތައް އާއިލާއެއް، ދާނޭ އެއްވެސް ތަނެއް ނޭނގޭ ހާލު ގެދޮރުން ނުކުމެގެން ޣައްޒާގެ ދެކުނަށް ދަތުރުކޮށްފައި ވެއެވެ. އަދި މިހާރުވެސް މަދުމަދުން މީހުން  ގެންދަނީ ރަށުން ބޭރުވަމުންނެވެ.

އެކަމަކު، އިސްތިއުމާރީ ޓެރަރިސްޓުންގެ އިންޒާރުތަކާ އެކުވެސް ގާޒާ ސިޓީގެ ގިނަމީހުން އަދިވެސް ގެންދަނީ ގެދޮރު ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ