ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޖީ އޮފީހަށް 75 އަހަރު، ރަސްމީ ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވައިފި

Img 5295 rbpk76zlyib32eemteefzouekl0osp9nl3dcwr29w4

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ރަސްމީ ޖަލްސާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ބަންޑާރަނައިބުގެ އޮފީހުގެ “އަލިމަސް ޔޫބީލް ހަނދާނީ ފޮތް” ނެރުއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި މުނާސަބަތުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.

ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އިނާމު ދެއްވާފައިވެއެވެ. މިގޮތުން 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ރައީސް އިނާމު ޙަވާލުކޮށްދެއްވިއެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ބަންޑާރަނައިބު އަޙްމަދު އުޝާމް އިނާމު ޙަވާލުކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް