ކުއްލި ޚަބަރު

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިޙް ޢައްޔަންކުރައްވައިފި

ހިޔާ ފްލެޓުން ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށް

Mal

ހުޅުމާލޭ ފޭސް 2، ހިޔާ ފްލެޓެއްގެ ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

ހުޅުމާލެ، ފޭސް 2، ހިޔާ ޓަވަރު 11 ގެ ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ، ސ،. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއުގެ މައްޗަށެވެ. އޭނާ އަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

ދައުލަތުން ކުރި ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، ކުރިން ބަންދު ކުރި 15 ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ، 11 މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އެ ހުކުމްގައިވެ އެވެ.

ލ. އަތޮޅު މީހެއްގެ މި ސައިކަލު، ހިޔާ ޓަވަރުގެ ބޭސްމަންޓުން ގެއްލިފައިވަނިކޮށް، މި ސައިކަލު ފެނުނީ ސައިކަލު ގެއްލުނުތާ ތިން ދުވަސް ފަހުން މާލެއިންނެވެ. ސައިކަލު ފެނުނީ، ޝަފީއު އެ ސައިކަލުގައި އިންދައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ޝަފީއުވަނީ އޭނާ އެ ސައިކަލު ނެގި ކަމަށް އިއުތިރާފުވެފައެވެ. ޝަރީއަތުގައި އޭނާ އިއުތިރާފުވިނަމަވެސް، ރެކޯޑްތަކުން ދައްކާ ގޮތުގައި ސައިކަލު ފެނިގެން ފުރަތަމަ ޝަފީއު ހައްޔަރު ކުރުމުން އޭނާ ބުނެފައިވަނީ ސައިކަލަކީ ރައްޓެއްސަކު އޭނާ އަތަށް ދިން ސައިކަލެއް ކަމަށެވެ. ޝަފީއު އެހެން ބުނެފައިވަނީ އޭރު އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން ބަންދު މަޖިލީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MIB Islamic bank

ފަންސަވީސް ވަނަ ދުވަހުން ފެށިގެން އިސްލާމިކް ބޭންކުގައި ޗައިނީޒް ޔުއާން ބޭނުންކުރެވޭނެ: އެމް.އައި.ބީ

minister nazim

ފާއިތުވި ދޮޅު އަހަރު ތެރޭގައި ހާހެއްހައި މުވައްޒަފުން ސިއްހީ ހިދުމަތަށް ނެރެވިއްޖެ: ނާޒިމް

ސިއްޙީ ޚިދުމަތް ހުއްދަ ދީފައިވާ ތަންތަނުގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ސޮފްޓްވެއަރ އިފްތިތާހުކޮށްފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

TTH_advertisement