ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމެގެ ހަރަކާތެއް ބާއްވަން ނިންމައިފި

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް ކުރިއަށްގެންދާ މި ހަރަކާތަކީ، ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އަޅާފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުމަށް ކުރިއަށްގެންދާ ހަރަކާތެވެ.

އެ ޕްރޮގުރާމުގެ މަގުސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށަން ނިންމާފައިވަނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ “މަންސަ” ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި