ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ބަންދުކުރަން ހުށަހަޅާފައިވާ ބިލެއް ނޫން: ފަލާހް

mp falah

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ރައްޔިތުންނަށާއި ޒުވާނުންނާ މުޚާތަބުކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ބަންދުކުރަން ހުށަހަޅާފައިވާ ބިލެއް ނޫންކަމުގައި ވިދާޅުވެއްޖެއެވެ.

މެމްބަރު ފަލާހް މިހެން ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގައި ބިލާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު ޢަބްދުލް ހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގެ މަޤްސަދަކީ ފޭސްބުކާއި، ޓިކްޓޮކް، އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާ އެކައުންޓްތައް ރެގިއުލޭޓް ކުރުންކަމަށާއި، މިބިލް މަޖިލީހުން ފާސްވިއަސް، ސޯޝަލް މީޑިއާ ބަންދުވާގޮތަކަށް ބިލުގައި ނެތްކަމަށެވެ. އެހެންކަމުން، ފަލާހް ވަނީ ލޮބުވެތި ޒުވާނުންނާއި ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ރައީސް މުޢިއްޒުއަކީ ޒުވާނުންނަށާއި ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ، މުޅި މުސްތަޤްބަލް އުޖާލާކޮށް ރައްކާތެރިކޮށްދޭނެކަމުގެ %100 ޔަޤީންކަން އޮތް ހެޔޮލަފާ ވެރިއެއްކަމަށެވެ.

އަދި އެމްޑީޕީއަކީ ލެޕްޓޮޕަކާއި ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެކަމަށް ބުނެ، ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބަޔެއްކަމުގައި ސިފަކުރެއްވިއެވެ. ފަލާހް ވިދާޅުވީ ޒަމާންތަކެއް މާޒީވިއަސް، މިފަދަ ހަނދާންތައް އާކުރުމަކީ ވަރަށް ބޭނުންތެރި މުހިއްމުކަމެއްކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ބައްޓަންކޮށް ކުރިއަށް ގެންދަން ޕްލޭންކޮށްފައި އެވަނީ 2008 ވަނަ އަހަރު ރައީސް މަޢުމޫންގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުންކަމަށެވެ.

“ސަބަބަކީ އެމްޑީޕީއާއި ޔާމީނަށް އެބަފެނޭ ރައީސް މުޢިއްޒު މިޤައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްޤީއާއި ތަހުޒީބު ގެނެސްދީ މިޤައުމުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތިކަންމަތީ ދިރިއުޅޭތަން. ވީމާ މީ އެމްޑީޕީއަށް ބަލަން ފަސޭހަ ކަމަކަށްނުވާތީ މި ސަކަރާތްގަނޑު މިހިންގަނީ!” ފަލާހު

މީގެ އިތުރުން، ފަލާހު ވަނީ މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އެނގުނު ހިސާބުން، ރައްޔިތުންނަށް މުޒާހަރާއަށް ގޮވާ ތެޅިފޮޅެނީކަމަށް ވިދާޅުވެފައެވެ.

ފަލާހް އިތުރަށް ވިދާޅުވީ ލޮބުވެތި ޒުވާނުންނަކީ މިޤައުމުގެ މުސްތަޤްބަލްކަމަށާއި، ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާން ޖީލެއްކަމުގައި ސިފަކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ޖެހިވަޑައިނުގަންނަވާނެކަމުގެ ޔަޤީންކަން  ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

338785 01b42110 6

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

majlis

ދެ އިންތިހާބު އެއްކޮށްލާ ބިލު، އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

TTH_advertisement