ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިންގެ މަސައްކަތް ފަށައިފި

ރ. އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިންގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިން އިމާރާތްކުރަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބައުންޑަރީ ވޯލްގެ ފުރާޅު އެޅުމާއި ކޮންކްރީޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އިންނަމާދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފައިވަނީ ރ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީ 23 ގައި އިންނަމާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ނެތްކަން މި ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުން އެދޭގޮތަށް ރައީސްގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްކުރާނެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ