ކުއްލި ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ

ސްރީލަންކާއިން ޜާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރިޒްވީގެ ޚާއްސަ ޝުކުރު ދިވެހި ރައްޔިތުންނަށް

ސްރީލަންކާގެ ރައްޔިތުންނަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ސަން ސިޔާމް ނިންމަވައިފި

ޣައްޒާއިން މިއަދު އެކަނިވެސް 50 އަށްވުރެ ގިނަމީހުން ޝަހީދު ކޮށްލައިފި، އަދަދު ދަނީ އިތުރުވަމުން

ގާޒާ ސިޓީގެ ހުޅަނގުގައި ހުރި ސްކޫލެއް ކައިރިއަށް މިއަދު ހެނދުނު ދިން ހަމަލާގައި ދީފައިވާ ގެއްލުންތައް:

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 50 އަށްވުރެ ގިނަމީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސީޓީއަށް ދެމުންގެންދާ ހަމަލާތަކުގައި އެކަނިވެސް މިއަދު 37 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ހަމަލާދީ ޝަހީދުކޮށްލާ މީހުންގެ އަދަދުތައް އަދިވެސް އިތުރު ވަމުންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާޒާ ސިޓީގެ އިތުރުން، ޣައްޒާގެ އުތުރުގެ ރަށްތަކާއި އަދި ޣައްޒާގެ ދެކުނުގެ ރަށްތަކަށްވެސް ޓެރަރިސްޓުން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ގާޒާ ސީޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ގަދަކަމުން ގެދޮރާއި، ރަށުން ބޭރުކޮށްލުމަށް ޓެރަރިސްޓުން މަސައްކަތް ކުރަމުން ގެންދާއިރު، އާންމުން ދިރިއުޅޭ ޓެންޓުތަކާއި، އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށް މިއަދުވެސް ބޮންއަޅަމުން ގެންދެއެވެ.

އަދި ގާޒާ ސިޓީގައި ހުރި އުސް އިމާރާތްތައް މިއަދުވެސް ގޮއްވައި ބިމާހަމަކުރަމުން ގެންދެއެވެ.

ގާޒާ ސިޓީގެ އަލް ޖަލާ ސްޓްރީޓަށް ބޮންއަޅައި އެތައް އާންމުން ޝަހީދުކޮށްލާފައި ވެއެވެ.

ގާޒާ ސިޓީއަށް ޖެޓުތަކާއި ޑްރޯންތަކުން ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، ރަށުތެރެއަށް އަރައިގެން އުޅޭ ޓެރަރިސްޓުން ގެންދަނީ ބޮޑުބަޑީގެ ހަމަލާތައްވެސް ދެމުންނެވެ.

އަދި މަގުމަތިން ފެންނަ އާންމުންގެ ގަޔަށް ގެންދަނީ ބަޑިވެސް ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެ އަހަރުތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް

ހަނގުރާމައިން ބަލިވެ ޒަޔަނިސްޓުން އެނބުރި ދިޔައީ ނަގޫފިތި، ހުސްއަތާ: ޚާމަނާއީ

ދުޝްމަނުން އުޅުނު ޚަބަރާއެކު އީރާނުގެ ޖެޓުތައް އީރާން-އިރާގު ބޯޑަރަށް

އިސްރާއީލަށް ރައްކާތެރިކަން ނުލިބެނިސް ލުބުނާނަށް ހަމަޖެހުން އަޔަކަ ނުދޭނޭ ކަމަށް ބުނެފި

TTH_advertisement