ކުއްލި ޚަބަރު

ގައިޑްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޗެއާ އާއި މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރި: ޝިމާދު

އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕަށް 24 ގަޑިއިރުތެރޭ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެ

ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަށް މިހާތަނަށް 150 ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެއްޖެއެވެ.

މިއީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ. މި ވޯކްޝޮޕުގައި ބައިވެރިވާން ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 155 ދިވެހި ވިޔަފާރިވެެރިއަކު ރަޖިސްޓްރީވެފައިވާކަމަށް ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުނެވެ. ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެއެވެ.

‎މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތަކެއްގެ ގޮތުގައި ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރިސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ނާސިންގް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

police

ގެއްލުނު 90 ސައިކަލެއް ފުލުހުން ހޯދައިދީފި

ފްރާންސްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

L 16684086789f92u

ނަސްރީނާއަށް ހޮސްޕިޓަލުގައި ފަރުވާދެނީ

TTH_advertisement