ކުއްލި ޚަބަރު

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ނާސިންގް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިންގް ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރުވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން ކުރިޔަށް ގެންދާ، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާއިރު، މީގެ ތެރެއިން 7 ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެއެވެ. މިއަހަރުވެސް ޑިޕްލޮމާ އިން ނާސިންގް އަދި ބީ.އެސް.ސީ އިން ނާސިންގް ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާއެވެ. ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމާއެކު ނަރުހުންގެ ޚިދުމަތް އަދި ޚާއްޞަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތަކެއް ކުރަމުންދެއެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިންގް ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތަޢުލީމު ހާސިލުކުރަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން މަރުކަޒަކުން ކިޔަވަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލިބިގެންވެއެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސްކޮލަޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް: 7350642

ސްކޮލަޝިޕަށް އެޕްލައި ކުރުމުގެ އީމެއިލް: [email protected]

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް

Whatsapp image 2025 10 20 at 18.49.16

ޓްރީޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕުން 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

TTH_advertisement