ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގެ ރައްދު އަންނާނީ ސަރަހައްދުން: ގަތަރު

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ

ގަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާގެ ރައްދު އަންނާނީ ސަރަހައްދުން ކަމަށް، ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވެއްޖެއެވެ.

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، އިސްރާއީލަށް ރައްދުދޭނީ ގިނަ ގައުމުތައް ގުޅިގެން ކަމަށާއި، އެކަމަށް ކުރަންޖެހޭ މަޝްވަރާތަކާއި، ލަފާ ހޯދުންތައް ގަތަރުގެ ބައިވެރިންނާއެކު މިހާރުވެސް ކުރިއަށް އެބަދާ ކަމަށް ވިދާޅުވިއެވެ.

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، ބައިވެރިންނާއެކު ކުރެވޭ މަޝްވަރާތަކަށްފަހު އިސްރާއީލުން ސަރަހައްދުގެ ގައުމުތައް ބުލީކުރާ ކުރުމާ ދެކޮޅަށް މާނަހުރި ފިޔަވަޅުތަކެއް އެޅިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގަތަރަކީ އިސްރާއީލާ ސިޔާސީ ގުޅުން އޮންނަ ގައުމެއް ނޫނެވެ.

އެހެން ނަމަވެސް، ދޯހާއަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލާއެކު އެހެން މައިދާންތަކުގައި އޮންނަ ގުޅުންތައް ސަސްޕެންޑް ކުރުމަށް ގަތަރުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި، އިގްތިސާދީ، މާލީ އަދި އަސްކަރީ ގުޅުންތައް ހިމެނެއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ވެރިން ތިއްބެވި އިމާރާތަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތައް ދިން މައްސަލާގައި، ގަތަރުން އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާތީ އެތައް ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުން ދެއެވެ.

ޚަބަރުތައް ބުނާގޮތުގައި، ގަތަރުން މިހާރުދަނީ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް އާދީއްތަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ