ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

އެލަވަންސަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ސްކޮލަރޝިޕްދެނީ

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ މީހުންނަށް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްދެނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކޮލަރޝިޕްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ “ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ޕްރޮގުރާމް” ފުރިހަމަކުރުމަށް ކަމަށެވެ. އަދި ސްކޮލަރޝިޕްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވަނީ 10 ފުރުޞަތުކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

އެހެންކަމުން ސްކޮލަރޝިޕަށް ކުރިމަތިލާން ބޭނުންވާ މީހުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް އެޕްލިކޭޝަނާއި ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި މަސްވެރިކަމާ ބެހޭ ވުޒާރާގެ މެއިލް [email protected] އަށްވެސް އެޕްލިކޭޝަނާއި ލިޔުންތައް ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްގެ ތެރެއިން ކޯސް ފީއާއި ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސެއްގެ އިތުރުން ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް ކޮންމެ މަހަކު އެއް ފަހަރު އެލަވަންސެއް ދަރިވަރަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޮއިދޫ ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރަށަކަށް

ބުޅަލަށް އަނިޔާނުކުރުމަށް އިލްތިމާސްކޮށްފި

TTH_advertisement