ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާޒާ ސިޓީގައި، އާންމުން ދިރިއުޅޭ ޓެންޓްތަކަށް ބޮންއަޅައި 17 މީހުން ޝަހީދުކޮށްލައިފި

ގާޒާ ސިޓީގެ އައްސޭރިފަށަށްވާ ގޮތަށް، ޓެންޓުޖަހައިގެން އާންމުން ދިރިއުޅޭ ސަރަހައްދެއް:

ގާޒާ ސިޓީގައި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން ވަގުތީ ބޯހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓްތަކަށް، އިސްތިއުމާރީ ޓެރަރިސްޓުން މިއަދު ބޮންއަޅައި 17 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން އަސްކަރީ ޖެޓުތަކުގައި އައިސް ބޮން އަޅާފައިވަނީ ގާޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ޖަހާފައިވާ ޓެންޓުތަކަށެވެ.

މި އުދުވަނީ ހަމަލާގައި މުޅިންވެސް ޝަހީދުވެފައިވަނީ އާންމުން ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.

ޓެންޓުތަކަށް ބޮން އަޅާފައިވަނީ، ގާޒާ ސިޓީގައި ހުރި ތައިބާ 2 ނަމަކަށްކިޔާ އުސް ޓަވަރެއް ގޮއްވާލި ވަގުތާ ދިމާކޮށެވެ.

ޓެރަރިސްޓުން ގެންދަނީ، ގާޒާ ސިޓީގައި ހުރި ހުރިހާ މިފަދަ އުސް ޓަވަރުތައް ގޮއްވާލަމުންނެވެ. މިހާތަނަށް ހަތް ޓަވަރު ގޮއްވާލާފައި ވެއެވެ.

އަދި، އާންމުން ދިރިއުޅޭ އުސް އިމާރާތްތަކާއި، ގެތައްވެސް ގެންދަނީ ގޮއްވައި، ބިމާހަމަ ކުރަމުންނެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ގާޒާ ސިޓީއަށް ހަމަލާ ދެމުން ގެންދަނީ، އެ ސިޓީ ހިފައި، އިސްރާއީލުގެ އަމިއްލަ ތަނަކަށް ހެދުމުގެ ޕްލޭންގެ ދަށުންނެވެ.

މި ޕްލޭންގެ ދަށުން، ޓަވަރުތަކާއި، އުސް އިމާރާތްތަކާއި، ގެތައް ގޮއްވައި، އެ ސިޓީގައި ދިރިއުޅޭ މިލިއަނަށްވުރެ ގިނަ މީހުން ގަދަކަމުން ގެދޮރާއި ރަށުން ބޭރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ގާޒާ ސިޓީގެ އިތުރުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއާއި، އެނޫންވެސް ރަށްތަކަށް އިސްތިއުމާރީ ޓެރަރިސްޓުން ވައިގެ ހަމަލާތައް ދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ