ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު މެންދުރު ފަހު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ޓީމު ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އެގްރިގޭޓުން ކުރި ހޯދައިގެންވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހު ކުޅުނު ފުރަތަމަ ލެގްގެ މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. ދެވަނަ ލެގްގެ މެޗުގައި އިއްޔެ ވަނީ 1-1 އިން އެއްވަރުވެފައެވެ. އެގްރިގޭޓުން ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވީ 1-4 އިންނެވެ.

ގައުމީ ޓީމު ސްރީ ލަންކަން އެއާލައިންސްގައި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 2:25 ގަ އެވެ. ގައުމީ ޓީމަށް އެންމެ ފުރަތަމަ ވީއައިޕީ މަރުޙަބާ ކިޔާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭގެފަހުން ސަޕޯޓަރުންނާއެކު ބާއްވާ ހާއްސަ ހަރަކާތް ފަށާނީ މިއަދު 3:45 ގައި ގަލޮޅު ދަނޑުގައެވެ.

ގައުމީ ޓީމަށް މަރުޙަބާ ކިޔުމަށް ސަޕޯޓަރުން ގަލޮޅު ދަނޑަށް ދިއުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. މަރުޙަބާ ކިޔުމަށް ދަނޑަށް ޒިޔާރަތްކުރާ ސަޕޯޓަރުން ބޭނުންކުރާނީ ރަތްކުލައެވެ.

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮއްވައި ގައުމީ ޓީމުން ހޯދި ކާމިޔާބީއާއެކު އުއްމީދެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުތަކުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން ހުއްޓި، ފުރަތަމަ ޑިވިޝަނުގެ ކުޅުން އޮތީ މެދުކެނޑިފައެވެ.

އެފްއޭއެމްގެ ހިންގުމަށް ބަދަލުގެނެސް، މިހާރު ވަނީ ފުޓްބޯޅަ ސީޒަން ފަށަން ތައްޔާރުވެފައެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް ސީޒަނަށް ތައްޔާރުވާއިރު، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެފްއޭއެމް މުބާރާތް ވެސް މިހާރު ވަނީ އިއުލާނުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި

TTH_advertisement