ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

ދެން އެންމެ އަވަހަށް އައިނު ފިހާރަ ގާއިމުކުރާނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަަށް މާލެ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރައްޒާގު ވިދާޅުވީ، ސަރުކާރުން އާސަންދައިގެ ދަށުން 2000ރ އަަށް އައިނުގެ ހިދުމަތް ދޭން ފެށުމަކީ އަގުބޮޑުކޮށް އައިނު ހައްދަން ރައްޔިތުން ކުރާ ހޭދަ މަދުކުރަން ކުރި ކަމެއް ކަމަށާއި ސަރުކާރުގެ އައިނު ވިޔަފާރިއަށް ޑިމާންޑް ބޮޑު ކަމަށެވެ.

ރައްޒާގު ވިދާޅުވީ، މި ވަގުތަށް އައިނު ފިހާރަތައް ހުރީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ކަމުގައިވީ ނަމަވެސް އެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“ދެން އައްޑޫ އިކޮއޮޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފިހާރަ ގާއިމުކުރަން މަސައްކަތް މިކުރަނީ. އެ ދެ ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށް އެދަނީ” ރައްޒާގު ވިދާޅުވިއެވެ.

ރައްޒާގު ވިދާޅުވީ، ސަރުކާރުން ވިއްކާ އައިނުތަކުގެ ކޮލިޓީގެ ޝަކުވާއެއް ނޫޅޭ ކަމަށާއި ވިއްކަނީ ކޮލިޓީ ރަނގަޅު އައިނު ކަމަށެވެ.

ރައްޒާގު އިތުރަށް ވިދާޅުވީ، ސަރުކާރުން 2000ރ އަށް އައިނު ހައްދައިދޭން ފެށުމުން ބައެއް ޕްރައިވެޓް ތަންތަނުންވެސް އެ އަގަށް ފައްތައިގެން އައިނު ހައްދައިދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި

ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސް ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަނީ