ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ދޯހާއަށް ހަމަލާދިން މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

Sc
އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ:

އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާގައި އާންމުން ދިރިއުޅޭ ސަރަހައްދަށް ވައިގެ ހަމަލާ ދިން މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ތައްޔާރުވާން ފަށައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވަނީ އަލްޖީރިއާއާއި، ޕާކިސްތާނުންނެވެ.

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު، އދގެ އޮފިޝަލުން މިއަދުގެ ވަގުތެއްގައި ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް ދޭނޭ ކަމަށް، އދގެ މަސްދަރުތަކުން ބުނެއެވެ.

އިސްރާއީލުން ދޯހާއަށް ދިން ވައިގެ ހަމަލާ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އިސްރާއީލުގެ ހަމަލާއަކީ ގަތަރުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލެއް ކަމަށެވެ.

އިސްރާއީލުން ގަތަރަށް ދިން ހަމަލާ މުޅި ދުނިޔެއިން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އިސްރާއީލުން ގަތަރަށް ހަމަލާ ދިނުމަށް ރުހުންދިން އެމެރިކާއިންވެސް އިސްރާއީލުގެ ހަމަލާ ކުށްވެރި ކޮށްފައި ވާއިރު، ވައިޓް ހައުސްއިން ބުނެފައިވަނީ އެކަމަކު، ހަމަލާދިން އަމާޒު އެއީ ހައްގު އަމާޒެއް ކަމަށެވެ.

އިސްރާއީލުން ދޯހާއަށް ހަމަލާދިނީ، ގަތަރުގައި ތިއްބަވާ ހަމާސްގެ އިސް ބޭފުޅުންގެ ބައްދަލުވުމެއް ހިނގަމުންދިޔަ އިމާރާތަށެވެ.

އިސްރާއީލުގެ މައިގަނޑު އަމާޒަކީ، ހަމާސްގެ ޣައްޒާގެ ވެރިޔާ ޚަލީލް އަލް ޙައްޔާ އަވަހާރަ ކޮށްލުމެވެ. ނަމަވެސް، އެ ހަމަލާއިން އޭނާ ސަލާމަތްވެވަޑައި ގެންނެވިއެވެ. އަދި ހަމާސްގެ ވަފުދުގެ ހުރިހާ ބޭފުޅުންވެސް ސަލާމަތްވެވަޑައި ގެންނެވި ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ޚަލީލް އަލް ޙައްޔާ އާއި، ހަމާސްގެ ވަފުދު ދޯހާގައި ބައްދަލު ކުރަމުންދިޔައީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ