ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުހިންމު ތަމްރީނެއް ހެދުމަށް ރާއްޖެ ޒިޔާރަތްކުރި ބަންގްލަދޭޝްގެ 50 އޮފިސަރަކު އެމްޕީއެލްއަށް

Mal

މުހިންމު ތަމްރީނެއް ހެދުމަށް ރާއްޖެ ޒިޔާރަތްކުރި ބަންގްލަދޭޝްގެ 50 އޮފިސަރަކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް އިއްޔެ ޒިޔާރަތް ކޮށްފިއެވެ.

މިއީ ބަންގްލަދޭޝް ޑިފެންސް ސަރވިސެސް ކޮމާންޑް އެންޑް ކޮމާންޑްގެ 50 އޮފިސަރަކު މިހާރު ރާއްޖޭގައި ހަދަމުން ގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ދަށުން ކޮށްފައިވާ ޒިޔާރަތެކެވެ. އަދި މި ޒިޔާރަތުގެ ތެރެއިން އެމްޕީއެލް އިންވަނީ އެ އޮފިސަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެމްޕީއެލްގެ މާލެ ޕޯޓަށް ބަންގްލަދޭޝްގެ އޮފިސަރުން ޒިޔާރަތް ކުރުމުން، އެ ކުންފުނިން ވަނީ އެމްޕީއެލް އިން ދެމުންގެންދާ ހިދުމަތްތަކުގެ ފުރިހަމަ މައުލޫމާތުދީ، އެމްޕީއެލް ސަރަހައްދުގެ ޓުއަރެއް ވެސް ދީފައެވެ.

މި ޒިޔާރަތް އެމްޕީއެލް އިން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ވެސް އެހީތެރިކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް