ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވަން: ރައީސް

ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވާ ކަން ހާމަކުރައްވާ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ކޮލަމްބޯގެ ރޭސްކޯސް އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ. ނަމަވެސް ރާއްޖެ އާއި ލަންކާ ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބު ކުރުމުން، މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބިފައިވަނީ 4-1ގެ އެގްރިގޭޓުންނެވެ.

ދިވެހި ޤައުމީ ޓީމުގެ ފޮޓޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ޤައުމީ ޓީމަށް ސާބަސް ރައްދު ކުރައްވާފައިވެ އެވެ.

“ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން,” ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މިއަދުގެ މެޗުގައިވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ލަނޑު ޖަހާ ލީޑް ހޯދީވެސް ރާއްޖެއިންނެވެ. ރާއްޖެއަށް ގޯލު ޖަހައިދިނީ ނާއިޒް ހަސަން އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް