ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާޒާ ސިޓީގެ ރައްޔިތުން ރަށުން ނުކުތުމަށް އިންޒާރުގެ ލިއުން އަޅައިފި، ނުދާ އެންމެންނަށް “މަރު”

ގާޒާ ސިޓީގެ ޓަވަރަކަށް ބޮންއަޅައި ގޮއްވާލަނީ:

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ ހުރިހާ ރައްޔިތުން ގެދޮރާއި، އަދި ރަށުންވެސް ނުކުތުމަށް އިންޒާރުކޮށް، އިސްތިއުމާރީ ޓެރަރިސްޓުން މުޅި ގާޒާ ސިޓީއަށް ވައިގެމަގުން ލިއުންތައް އަޅައިފިއެވެ.

އެ ލިއުންތަކުގައި އަމުރުކޮށް އިންޒާރުކޮށްފައިވަނީ، ރަށުން ފައިބައިގެން ޣައްޒާގެ ދެކުނަށް ދިއުމަށެވެ.

ނުގޮސް ތިބެއްޖެނަމަ އެންމެން މަރާލާނެ ކަމަށްވެސް، އިންޒާރުގެ ލިއުންތަކުގައި ލިޔެފައި ވެއެވެ.

ގާޒާ ސިޓީއަކީ، ޣައްޒާގެ އެންމެ ގަދީމީ ސިޓީއެވެ. އަދި އެންމެ އާބާދީ ބޮޑު ސިޓީވެސް މެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ، ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަމީހުންނަށް ބިރުދައްކައި، ގަދަބަދަވިކަން ދައްކައި، ރަށުން ބޭރުކޮށް ފައްސާލައި، ގާޒާ ސިޓީ އެއްކޮށް ހިފައި އިސްތިއުމާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުވެސް ގެންދަނީ މުޅި ގާޒާ ސިޓީއަށް ބޮންއަޅައި، ހުރިހާ އުސް އިމާރާތްތައް ގޮއްވައި ބިމާހަމަ ކުރަމުންނެވެ.

އާންމުން ދިރިއުޅެމުންދާ އިމާރާތްތަކަށް ހަމަލާ ދެމުންގެންދަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެއެވެ.

ވައްޓައި ބިމާހަމަ ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށާއި، އެމީހުން ސަލާމަތް ކުރެވޭނެ ގޮތެއްވެސް ނެތްކަމަށް ސިވިލް ޑިފެންސުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ