ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

ހަމަލާގެ ސަބަބުން ބޯޓުގައި ރޯވި އަލިފާން ނިއްވަން މަސައްކަތް ކުރަނީ

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްތިއުމާރީ އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފިއެވެ.

ގާފިލާގައި ހިމެނޭ ފެމިލީ ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފައިވަނީ، އެ ގާފިލާ ޓިއުނީޝިއާގެ ބަނދަރަކަށް މަޑުކޮށްގެން ތިއްބައެވެ.

ހަމަލާ ދިނުމުގެ ސަބަބުން ބޯޓުގައި އަލިފާން ރޯވި ކަމަށާއި، ނަމަވެސް، އެ ހަމަލާގެ ސަބަބުން ބޯޓުގައި ތިބި ފަސިންޖަރުންނާއި، ކްރޫންނަށް އަނިޔާއެއް ނުވާ ކަމަށް، ގާފިލާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އެކަމަކު، ބޯޓުގެ މަތީ ޑެކާއި، ސްޓޯރޭޖް ޑެކަށް ގެއްލުން ވެފައިވާ ކަމަށް، ގާފިލާއިން މައުލޫމާތު ދެއެވެ. އަދި ގެއްލުންތައް ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައި ވެއެވެ.

އިސްރާއީލުގެ ޑްރޯން ހަމަލާއާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގެ ފަރާތުން މިއަދުގެ ވަގުތެއްގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ބުނެފައި ވެއެވެ.

ޓިއުނީޝިއާގެ ބަނދަރަކީ، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގައި ހިމެނޭ ބޯޓުތައް ސީދާ ޣައްޒާއާ ދިމާއަށް ދަތުރު ފެށުމުގެކުރިން މަޑުކުރަން ހަމަޖެހިފައިވާ އެންމެ ފަހު ބަނދަރެވެ.

އިސްރާއީލުގެ ބިރުދެއްކުންތަކާއި، ހުރަސްއެޅުންތަކާ އެކުވެސް އެ ގާފިލާގައި ހިމެނޭ ހުރިހާ ބޯޓެއް، މިހާރު ވަނީ ޣައްޒާއާ ދިމާއަށް ދަތުރުފަށާފައެވެ.

ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރާ މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރުންނާއި، ޕާލަމެންޓް މެމްބަރުންނާއި، މޭޔަރުންނާއި، އަދި މިހާރުވެސް އިންތިޚާބީ މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުން ހިމެނެއެވެ.

އެމީހުން ދަތުރުކުރަމުން ގެންދަނީ، ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނާ އެކުގައެވެ.

މިއީ، އިސްތިއުމާރީ އިސްރާއީލުން ޣޣައިރުގާނޫނީ ގޮތުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ފޫއަޅުވާލަން މިހާތަނަށް ހިންގާ ކަނޑުމަތީގެ އެންމެ ބޮޑު މިޝަންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ