ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ފަސް ގޮޅި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު މެންދުރުފަހު 3:30 ގެ ކުރިން [email protected] އަށް މެއިލްކުރުން އެދޭ ކަމަށެވެ.

އެޗްޑީސީން ބުނީ، ގުރުއަތު ނެގުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. ނަމަވެސް ގުރުއަތު ނަގާނެ ތަނެއް އަދި އިއުލާނެއް ނުކުރެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ގޮޅިތަކާ ބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1516 އަށް ގުޅުމަށްވެސް އެ ކޯޕަރޭޝަނުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި